މަހްލޫފްއަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެއްކެއް ނުހޯދަން: ފުލުހުން
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވެފައި ވަނީ، މަހުލޫފުގެ މައްސަލާގަައި ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން...