އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ އިތުރުވާތީ ރައްކާތެރިވާން އެދެފި
މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ޖެހިގެން ރިޕޯރޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސެޕްޓެމްބަރު މަސް ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ރިޕޯރޓްކޮށްފައިވާކަމަށެވެ. މިއީ ފާއިތުވެ ދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު 60 އިންސައްތަ އިތުރު އަދަދެކެވެ. އަރިދަފުސް ރޯގާގެ އިތުރުން، ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯރޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާ...