ސިއްހީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގައި މަދީނާ ހިމަނައިފި
ޖިއްދާ (ސެޕްޓެމްބަރު 29): ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅާ ޞިއްޙީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގައި ސައުދީ އަރަބިއްޔާގެ މަދީނާ ހިމަނައިފިއެވެ. ޑަބްލިޔު.އެޗް.އޯއިން ޞީއްޙީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ތެރޭގައި މަދީނާ ހިމަނާފައިމިވަނީ، އެ އިދާރާގެ ޓީމަކުން މަދީނާއަށް ގޮސް ކޮށްފައިވާ ދިރާސާތަކަށް ފަހުގައިކަމަށް ބުނެފައިވެއެވެ. މަދީނާގެ އާބާދީ 2 މިލިއަނަށްވުރެ ބޮޑު އިރު، މިއީ މިހާތަނަށް އެންމެ އާބާދީ ބޮޑު ސިޓީއެއް މި ލިސްޓުގައި ހިމެނުނު ފުރަތަމަ ފަހަރުކ...