އިހަވަންދޫ އިމަގުން މުޖުތަމައުގައި ޤާނޫނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތެއް ފަށައިފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިސްނަގައިގެން ރާއްޖޭގައި ހިންގާ ތިން ލޯފާމަކާއި ގުޅިގެން މުޖުތަމަޢުގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް “އިމަގު އުންސިލަ” ނަމުގައި ހަރަކާތެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ހަރަކާތަކީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކަށް މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމާއި އިހަވަންދޫގެ މުޖުތަމައުގައި ތިބި ކޮންމެހެން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަކި ދާއިރާތަކަކުން ޤާނޫނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން ޤާނޫނީ ކަންކަމުގައި ރައްޔިތުންނަށް...