ދިރާގުގެ ކާރެއް ކޮންޓުރޯލުންނެއްޓި ނުރައްކާތެރި އެކްސިޑެންޓް އެއް، 3 މީހަކަށް އަނިޔާވި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިރާގުގެ ކާރެއް ކޮންޓުރޯލްނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓް އެއް ހިނގައިފި އެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 3 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެއާޕޯޓްގައި ދުއްވާފައިދިޔަ ކާރެެއް ކޮންޓްރޯލް ނުވެ ގޮސް، ވޯކްވޭ ފެންސް ފަޅާފައި ވޯކްވޭ މައްޗަަށް އަރައި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓުގައި ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ކާރު ދުއްވަން އިން ދިރާގުގެ މުވައްޒަފަށްވެސް ވަނީ...