ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި
ށ. ނޫމަރާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލަރުން ވަނީ މި ސަރުކާރުން އެރ...