އިސްލާމީ ދާއިރާގެ 79 މަޝްރޫއެއް ކުރިއަށް، 45 މިސްކިތާއި 12 އިސްލާމީ މަރުކަޒު ހިމެނޭ
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ދީނީ އުމްރާނީ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 45 މިސްކިތެއްގެ މަޝްރޫޢު އާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން 16 ޤުރުއ...