ވިޔަފާރި ތަރައްގީ ކުރަން އެމްޕީއެލް އާއި މެލޭޝިއާގެ ނޯތު ޕޯޓާ އެކު އެއްބަސްވެއްޖެ
ވިޔަފާރި ތަރައްގީ ކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މެލޭޝިޔާގެ ނޯތު ޕޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި ނޯތު ޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޕޯޓުގެ ސީއީއޯ ދާތޯ އަޒްމާން ޝާހް މޮހްދު ޔުސޯފްއެވެ. އެމްޕީއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި ނޯތުޕޯޓުން، ޕޯޓް މެނޭޖްމަންޓާއި ކޮންޓެއިނާ ހޭންޑްލިން އާއި [...