ލުއި ފުޅިއަށް ބަދަލު ކުރަން ހުޅުވާލި ފުރުސަތު އިތުރުކޮށްފި
މިހާރު ގެންގުޅޭ ގޭސް ފުޅިތައް މޯލްޑިވް ގޭސްގެ ލުއި ފުޅިތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމަށް އެ ކުންފުނިން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރު ކޮށްފިއެވެ. މި މުއްދަތު އިތުރު ކުރީ އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަަށެވެ. މި ޕްރޮމޯޝަމުގެ ދަށުން އަގުހެޔޮކޮށް ގޭސްފުޅި ލުއި ފުޅިއަކަށް ބަދަލު ކުރެވޭނެއެވެ. އެގޮތުން އެންމެ ބޮޑު ފުޅިތައް 1000ރ. އަށް ބަދަލު ކުރެވޭއިރު އާއްމުކޮށް ބޭނުން ކުރާ ސައިޒުގެ ފުޅި 500ރ. އަށް އަދި އެންމެ […]