ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް ނެރެނީ
ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އާއި އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާ ގުޅިގެން ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ފޮތް ސެޓްގައި ހިމެނެނީ ޖުމުލަ 40 ފޮތެވެ. މި ފޮތްތަކަކީ، ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އެސްކޭޖީ މި ހަތަރު މަރުޙަލާގެ ފޮތްތަކެވެ. މިފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ، އިސްލާމް، [...