މީހުން ރޯތީ ހައިރާންވޭ، އަހަރެން ހީކުރީ އެންމެން ޚާމަނައީ ދެކެ ރުޅިއަންނަ ކަމަށް: ޓްރަމްޕް
އީރާނުގެ ކުރީގެ ރޫހީ މުރްޝިދު މަރްޙޫމް އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބާއްވަމުން އަންނަ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ރޮއި ހަދާތީ ހައިރާންކަން ލިބިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ރައްޔިތުން ޚާމަނާއީ ދެކެ އިންތިހާއަށް ނަފްރަތު ކުރާ ކަމަށް މީގެ ކުރިން ހީފުޅު ކުރެއްވުނު ކަމަށެވެ. ސަރަހައްދީ ހަނގުރާމައާއި ތެހެރާންގައި ކުރިއަށްދިޔަ ޖަނާޒާގެ ކަނ...