ސީއެސްޓީއައި އިން "ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" އިފްތިތާހްކޮށްފި
އަތޮޅުތައް ތަމްޞީލުކުރައްވާ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގެ “އެޓޯލް ޓްރެއިނަރުން” ގެ ގޮތުގައި މަސައްކަތްކުރައްވާނެ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް” އިފްތިތާހްކޮށްފިއެވެ. މިޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި އެކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހްއެވެ. އެކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމަކީ 3 ދުވަހުގެ ނިޔަަލަށް ކުރިއަށް...