އެމެރިކާއިން އީރާނަށް އައު ހަމަލާތަކެއް ދިނުމުން، އީރާނުން ރައްދު ހަމަލާދީފި
ގަލްފް ސަރަހައްދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. މި ކުރިމަތިލުންތަކާއެކު ދެގައުމުގެ ދެމެދުގައި އޮތް ވަގުތީ ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް...