އެމެރިކާ ސިފައިން ސަރަޙައްދުގައި ތިބިހާ ހިނދަކު ތެލާއި ގޭސް އެކްސްޕޯޓް ކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
މެދުއިރުމަތީގެ ސަރަޙައްދުން އެމެރިކާގެ ސިފައިން ފޭބުމަށް ދެކޮޅު ހަދާނަމަ، މި ސަރަޙައްދުން އެންމެ ތެޔޮ ތިއްކެއް ނުވަތަ ގޭސް ފޮދެއް ވެސް ބޭރުވިޔަ ނުދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސަރަޙައްދުގެ ހަކަތައިގެ ވަސީލަތްތަކަކީ އެންމެންނަށް ބޭނުންކުރެވޭނެ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ސިފައިން ސަރަޙައްދުގައި ތިބޭނަމަ، “އެންމެންނަށް ނުލި...