އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް ހަންކެޑެ ތަރައްގީ ކުރަން ކުންފުންޏެއް އުފައްދައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުންފުނީގެ ޤާނޫނުގެ ދަށުން “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވައިފިއެވެ. މި ކުންފުނި އުފެއްދެވިކަން ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ ރައީސްގެ ޤަރާރުންނެވެ. މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް އައްޑުއަތޮޅު ހަންކެޑެ ތަރައްޤީކުރުމެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތ...