ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ކަމިން އަޕް އާއި އިއްތިހާދު އެފްސީ
ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ 12 ވަނަ ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ހިމެނޭ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ޖާގަތައް ކަމިން އަޕް އަދި އިއްތިހާދު އެފްސީ ކަށަވަރުކޮށްފިއެވެ. މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށް ފަހުއެވެ. ސެމީ ފައިނަލްގެ ދެ މެޗުވެސް ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ސެމީ ފައިނަލްގައި މި މުބާރާތުގައި އަލަށް ބައިވެރިވި ކަމިން […]