Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި ދެ މީހަކު ގެއްލިއްޖެ
Cover Story · Feature Essay

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި ދެ މީހަކު ގެއްލިއްޖެ

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ހިނގި ހާދިސާއެއްގައި އެ އުޅަނދުން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 31 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރުއެވެ. އުޅަނދު ދިޔަވެ އަޑިއަށްދާން ފެށީ ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިންގ ކްރާފްޓުގައި ޖުމްލަ 10 މީހުން ތިއްބެވެ. […]

Selected Essays & Island Profiles

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި ދެ މީހަކު ގެއްލިއްޖެ
Raajje

''މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ''
Column

''މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ''

މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށް ނުދޭނެކަމާއި، އެ ދުވަހުގެ ބިރުވެރިކަމަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ”ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!” މި މައުޟޫއަށް ރާއްޖޭގެ އެކިކިސް މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހު އިންސާނާގެ ހާލަތު ހުންނާނެ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތްވެ ދުނިޔޭގެ ނިމުން އަނ...

އެމެރިކާ އިން ހަމަލާދިނުމުން އީރާނުގެ ރައްދު ހަމަލާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް
International

އެމެރިކާ އިން ހަމަލާދިނުމުން އީރާނުގެ ރައްދު ހަމަލާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް

އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނެފައިވާއިރު، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައިވާނެކަމަށް އީރާނުން ވެސް ބުނެފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި އީރާނަށް ދިން ހަމަލާތަކަކީ އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، މިސައިލް އަދި ޑްރޯން އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އ...

''ފްލޯޓިން ބާ''އެއްގެ ގޮތުގައި މާފުށީ ބޭރުގައި އަޅާފައި އޮންނަ ސަފާރީ ފުނޑުފުނޑުވެއްޖެ
Raajje

''ފްލޯޓިން ބާ''އެއްގެ ގޮތުގައި މާފުށީ ބޭރުގައި އަޅާފައި އޮންނަ ސަފާރީ ފުނޑުފުނޑުވެއްޖެ

ފްލޯޓިން ބާއެއްގެ ގޮތުގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮންނަ ސާފާރީ މިއަދުގެ ގަދަ ވިއްސާރާގައި އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ދައުރުވަމުން އަންނަ ”އެމްވީ ކްރައިސިސްގެ” ވީޑިއޯއިން އެ ސަފާރީ އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވާ މަންޒަރު ފެނެއެވެ. އަދި އެ އުޅަނދު ލައްވިތާ ކުޑަ ހިނދުކޮޅެއްތެރޭ ފުނޑުފުނޑުވަމުންދާ މަންޒަރު ފެނެއެވެ. ވީޑިއޯ އިން […...

ހއ.އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް މޫސުން ގޯސް
Raajje

ހއ.އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް މޫސުން ގޯސް

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ބުނެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލުތައް މިއަދު ވަނީ ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައެވެ. ފަހުން މެޓް އޮފީހުން ވަނީ […]

ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ، ޑރ. ނަޛީފް ކޭއާރުއެޗުގައި ބަލިމީހުން ބައްލަވަން ފައްޓަވައިފި
Thiladhunmathi News

ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ، ޑރ. ނަޛީފް ކޭއާރުއެޗުގައި ބަލިމީހުން ބައްލަވަން ފައްޓަވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ (ގޭސްޓްރޮއޮޓްރޮލޮޖިސްޓް) ޑރ. މުޙައްމަދު ނަޛީފް ބަލިމީހުން ބައްލަވަން ފައްޓަވައިފިއެވެ. ކޭއާރުއެޗުން މިއަދު ބުނީ ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ ޑރ. މުޙައްމަދު ނަޛީފް މިހާރު ގެންދަވަނީ އެ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަމުން ކަމަށެވެ. އެހެންވެ، ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމެންޓު ހެއްދެވުމުގެ ފުރުސަތު މިހާރު ވަނީ އެ ހޮސްޕިޓަލުން ހުޅުވާލާފައެވެ. އެގޮތުން ހަވީރު 4:...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
International

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 6 މީހެއްގެ ހަށިގަނޑާއި 34 ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެނެވިފައިވެއެވެ. ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފިރިހެނަކާއި އަށް އަހަރުގެ ކުޑަ...

އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ އޮފަރުތަކަކާއި އާ ޚިދުމަތްތަކެއް ތައާރަފުކޮށްފި
Business

އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ އޮފަރުތަކަކާއި އާ ޚިދުމަތްތަކެއް ތައާރަފުކޮށްފި

ދިވެހިރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދެމުންދާތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން އޯގަސްޓު މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އީޖާދީ އުފެއްދުންތަކާއި ޚާއްޞަ އަހަރީ އޮފަރުތަކެއް އިއުލާނުކޮށްފިއެވެ. ކަސްޓަމަރުންގެ އަގުވަޒަންކުރުމަށާއި ޑިޖިޓަލް ތަޖުރިބާތައް ފުރިހަމަކުރުމަށް ތައާރަފުކުރި މި އޮފަރުތަކުގެ ތެރޭގައި ހިލޭ ޑޭޓާއާއި، އިނާމު ލިބޭ ގުރުއަތުލުންތަކުގެ އިތުރުން ސެކިއުރިޓީ އާ ޚިދުމަތްތައް ހިމެނެއެވެ. އަހަރީ ދުވަހުގެ ހަރާތްތަކުގެ ތެރެއިން އެންމެ ފާހަގަ...

ވޯލްޑް ކަޕް ބޮއިކޮޓް ކޮށްފާނެ ކަމުގެ އިންޒާރު ޔުއެފާއިން ދީފި
Sports

ވޯލްޑް ކަޕް ބޮއިކޮޓް ކޮށްފާނެ ކަމުގެ އިންޒާރު ޔުއެފާއިން ދީފި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އެ އިދާރާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރާވާފައިވާ ރޭވުންތަކާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަން (ޔުއެފާ) އިން ވަރުގަދަ އިންޒާރެއް ދީފިއެވެ.   ޔޫރަޕްގެ 55 ގައުމެއްގެ އެސޯސިއޭޝަންތަކުން ވަނީ މި ޕްލޭންތައް ފާސްކޮށްފިނަމަ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް އިއްތިފާގުން ނިންމާފައެވެ. ޔުއެފާއިން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕަކީ އިންވެސްޓްމަންޓް ޕްރޮޑަކްޓެއްގެ ގޮތުގައި ބެލެވޭނ...