އިންޑިއާގެ ތިން މީހަކު ރަހީނުކުރި އެގައުމުގެ ފަސް މީހަކު ބެންކޮކުން ހައްޔަރުކޮށްފި
ތައިލެންޑުގެ ޕަޓާޔާގައި އިންޑިއާގެ ތިން ރައްޔިތަކު ރަހީނުކޮށް، ފައިސާ ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފަސް ފިރިހެނަކު ބެންކޮކުން ހައްޔަރުކޮށްފިއެވެ. ފުލުހުން މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ކްލޯންގް ޓަން ސަރަހައްދުގެ ހޮޓަލެއްގައި ތިއްބާ، އެމީހުން ގައުމުން ބޭރަށް ފުރަން ތައްޔާރުވަމުން ދަނިކޮށް އަންގާރަ ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ އަވްތާރު ސިންގް އާއި ޖަގްޖީތު ސިންގް، 24 އަހަރުގެ ރާމްބަލަކް ކުމާރު، 37 އަހަރުގެ ސުޚްބީރު ސ...