ފަލަސްތީނުގެ ލީޑަރުން ނިންމާ ކޮންމެ ނިންމުމަކަށް އީރާނުން ތާއީދުކުރާނެ: ރައީސް ޕެޒެޝްކިއަން
ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ފަލަސްތީނުގެ ލީޑަރުން ނިންމަވާ ކޮންމެ ނިންމުމަކަށް ނުވަތަ އިސްނެންގެވުމަކަށް އީރާނުން ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މިހެން ވިދާޅުވީ ހަމާސްގެ ސިޔާސީ ގޯފީގެ އިސްވެރިޔާ ޚަލީލް އަލް-ހައްޔާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯނު ކޯލުގައި ރައީސް ޕެޒެޝްކިއަން ވަނީ ފަލަސްތީނުގެ މަޝްވަރާވެރިނ...