Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

އެހީ ޖަމިއްޔާގެ އެހީ ނޮޅިވަރަންފަރު ކައުންސިލަށް
Cover Story · Feature Essay

އެހީ ޖަމިއްޔާގެ އެހީ ނޮޅިވަރަންފަރު ކައުންސިލަށް

ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި އެހީ ޖަމުޢިއްޔާގެ ފަރާތުން ހދ. ނޮޅިވަރަންފަރު ކައުންސިލަށް 4 އިންޗީގެ ޕެޓްރޯލް ޕަންޕަކާއި ހޮޅި ހަދިޔާކޮށްފިއެވެ. މި އެހީއާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެ ޖަމުޢިއްޔާގެ އެންމެހައި މެންބަރުންނަށް ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ކައުންސިލުން ހާމަކުރި ގޮތުގައި ރަށުގެ ލާބައާއި މަންފާއަށް އެހީ ޖަމުޢިއްޔާއިން ވެދެއްވި މި ދީލަތި އެހީތެރިކަމަކީ ނުހަނު ބޭނުންތެރި އަދި ޝުކުރުވެރިކަމާ

Selected Essays & Island Profiles

އެހީ ޖަމިއްޔާގެ އެހީ ނޮޅިވަރަންފަރު ކައުންސިލަށް
Thiladhunmathi News

ސައިބަރ ސެކިއުރިޓީ މަސް: ހއ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފުލުހުންގެ ބޮޑު ހޭލުންތެރިކުރުމުގެ ކެމްޕޭނެއް
Thiladhunmathi News

ސައިބަރ ސެކިއުރިޓީ މަސް: ހއ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފުލުހުންގެ ބޮޑު ހޭލުންތެރިކުރުމުގެ ކެމްޕޭނެއް

ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިފައިވާ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކެމްޕޭނުގެ ދަށުން ހއ. އަތޮޅުގެ އެކި ރަށްރަށުގައި ފުލުހުން ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައިފިއެވެ. އޮކްޓޫބަރު މަހުގެ 18 އިން 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ސައިބާ ސެކިއުރިޓީއަށް އާންމުންނާއި އެކި ދާއިރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމެވެ. ހއ. އަތޮޅު ޕޮލިހުން ބުނީ، މި ކެމްޕޭނުގެ ތެރެއިން ހއ. އިހަ

އީރާނުން އިސްކުރަނީ ސުލްހަ، ހަނގުރާމަ އަށް ނުދިޔުމަށް އައު ހުށަހެޅުމެއް
News

އީރާނުން އިސްކުރަނީ ސުލްހަ، ހަނގުރާމަ އަށް ނުދިޔުމަށް އައު ހުށަހެޅުމެއް

އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މުއްދަތު ހަތް ދުވަހުން ހަތަރު ދުވަހަށް ކުރުކުރުމާއެކު، ސުލްހައިގެ މަގު އަލިކުރުމަށް އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ ދެ ފަރާތުގެ ދެމެދުގައި އަލުން އަސްކަރީ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމުގެ ގޮތުން، ނޮވެމްބަރު ހަތަރެއްގެ ކުރިން ތުރުކީގައި ބައްދަލުވުމެއް ބޭއްވުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އައި ހުށަހެޅުމެކެވެ. ”އަލް އަރަބިއްޔާ އިންގްލިޝް” އިން އެ ނޫހަށް މައުލޫމާތު ދިން މަސްދަރުތަކާއި ހަވާލާދީ

ށ.އަތޮޅު ހޮސްޕިޓަލުގައި ޒުވާން އަންހެނުންނަށް ޚާއްޞަކޮށްގެން ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނެއް 
News

ށ.އަތޮޅު ހޮސްޕިޓަލުގައި ޒުވާން އަންހެނުންނަށް ޚާއްޞަކޮށްގެން ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނެއް 

ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން، ގައިންގަޔަށް ނާރާ ބަލިތަކާއި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ށަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ނިންމައިފިއެވެ. ށ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އުމުރުން 35 އަހަރުން ދަށުގެ ޒުވާން އަންހެނުންނަށް ކަމަށެވެ. އެހެންކަމުން، ޚާއްޞަކޮށް 35 އަހަރުން ދަށުގެ ވީހާވެސް ގިނަ އަންހެނުން މި ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނުގައި ބައިވެރިވުމަށް ށަވިޔަނި އަތޮޅު ހޮސްޕިޓަލ

އެމެރިކާގެ ހިމާޔަތް ހޯދުމަށްފަހު ބްރެޒިލްގެ ''ރައީސަކީ'' އޭނާކަމަށް ފްލާވިއޯ އަމިއްލައަށް ޢިއުލާންކޮށްފި
International

އެމެރިކާގެ ހިމާޔަތް ހޯދުމަށްފަހު ބްރެޒިލްގެ ''ރައީސަކީ'' އޭނާކަމަށް ފްލާވިއޯ އަމިއްލައަށް ޢިއުލާންކޮށްފި

ބްރެޒިލްގެ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް، ސިއްރިއްޔާތުގައި އެ ގައުމުން ފިލައިގެން އެމެރިކާއަށް ދިއުމަށްފަހު، ބްރެޒިލްގެ އާ ރައީސަކީ އަދި ހައްގުވެރި ވެރިޔަކީ އޭނާ ކަމަށް އެ ގައުމުގެ ކަނާތުފިޔައިގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ އަމިއްލައަށް އިއުލާންކޮށްފިއެވެ. އާއިލާއާއެކު ފްލާވިއޯ އެމެރިކާގެ މިއާމީއަށް އެތެރެވުމާއެކު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާއަށާއި އާއިލާއަށް އެމެރިކާގެ ވިސާ ދޭނެކަން ހާމަކޮށްފައެވެ. ނިމިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އ

މަގުމަތީގައި ހުރި ތަކެއްޗާއި ކާބޯތަކެތި އަޅާ ގަސްތައް ނަގަން ކޮމަންޑޫގައި މުހުލަތެއް ދީފި
Thiladhunmathi News

މަގުމަތީގައި ހުރި ތަކެއްޗާއި ކާބޯތަކެތި އަޅާ ގަސްތައް ނަގަން ކޮމަންޑޫގައި މުހުލަތެއް ދީފި

ށ. ކޮމަންޑޫ މަގުތަކުގައި ހުރި ތަކެއްޗާއި، ކާބޯތަކެތި އަޅާ ގަސްތައް 1 ނޮވެމްބަރު 2026 ގެ ކުރިން ނެގުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށް، އެކަމަށް މުހުލަތެއް ދީފިއެވެ. މިކަމާ ގުޅިގެން ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މަގުމައްޗާއި ގޯޅިތަކުގައި އެ ފަދައިން ޢަމަލު

ތަޢުލީމީ ދާއިރާ ސިޔާސީކޮށްގެން ނުވާނެ: ގަޕޯ
Parliament

ތަޢުލީމީ ދާއިރާ ސިޔާސީކޮށްގެން ނުވާނެ: ގަޕޯ

ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ސިޔާސީކޮށްގެން ވާނެ ތަނެއް ނޫން ކަމަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މެންބަރު

މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި
Sports

މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި

ށ. މާއުނގޫދޫގައި މެދުކެނޑިފައިވާ ބަށިބޯޅަ އަލުން އާލާކުރުމުގެ މަޤްޞަދުގައި، އެ ކުޅިވަރުގެ އޮފިޝަލުން ތަމްރީނުކުރުމަށާއި ކުޅިވަރަށް މީހުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޚާއްޞަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ ފައުންޑޭޝަނާއި މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން އެ ރަށުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބަށިބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޖުމްލަ 26 ބައި

އަންނަ އަހަރުގެ ބަޖެޓުގެ އިސްކަން ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް
Raajje

އަންނަ އަހަރުގެ ބަޖެޓުގެ އިސްކަން ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް

ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު