ހަނިމާދޫ ކައުންސިލުން ބާއްވާ އޮފީސްތަކުގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ފަށައިފި
ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “އިންޓަރ އޮފީސް ޓޯނަމެންޓް 2026” ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށައިފިއެވެ. މި މުބާރާތަކީ އެ ރަށުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. ފުރަތަމަ މެޗުތައް އެއްވަރު މުބާރާތުގެ ހޭންޑްބޯލް އިވެންޓުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ހެލްތު ސެންޓަރެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗު...