މައުމޫންގެ ތާއީދު ދަރިކަލުން ފާރިސް އަށް!
މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑޑޭޓުންގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވަނީ އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނަށް ކަމަށް ވިދާޅުވެއްޖެވެ. މައުމޫން މިހެން ވިދާޅުވީ ޓްވިޓާގައި އާންމުކުރެއްވި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި މައުމޫން ވިދާޅުވީ ކެންޑިޑޭޓް ނަމްބަރު 6 ފާރިސް އަށް ތާއީދު ކުރައްވަން ނިންމެވީ އެއީ އެމަނިކުފާނުގެ އުފަން ދަރިއަކަށްވީތީ ނޫން ކަމަށާއި ފާރިސް އަށް ތާއީދު ކުރައްވަން ނިންމެވީ...