ކޭން ލަނޑުޖެހިއިރު، ބްރެމެން އަތުން ބަޔާން އަށް ފަސޭހަ މޮޅެއް
ޖަރުމަނު ލީގުގެ ކުޅުން ރޭ ފަށާފައިވާއިރު ޗެމްޕިއަން ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ބްރެމެންގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި ބަޔާންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ލަނޑު ބަޔާނަށް ޖަހައިދިނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ކޭން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސާނޭއެވެ. އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބަޔާންއަށް، […]