ބެލިންހަމްގެ ދެ ލަނޑުން އަލްމޭރިއާ އަތުން ރެއާލް އަށް މޮޅެއް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އަލްމޭރިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަލްމޭރިއާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލްމޭރިއާއިންނެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދިނީ ސާޖިއޯ އަރިބަސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ ލޫކަސް ރޮބާޓޯން ރެއާލުގެ […]