Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

Selected Essays & Island Profiles

މަގުމަތިން މީހުންނާ ފޮށި ފުރައްސާރަ ކުރުން ބަލައިނުގަނެވޭ: އަލީ ޒާހިރު
Raajje

މަގުމަތިން މީހުންނާ ފޮށި ފުރައްސާރަ ކުރުން ބަލައިނުގަނެވޭ: އަލީ ޒާހިރު

މަގުމަތިން މީހުންނާ ފޮށި ފުރައްސާރަ ކުރުން ބަލައިނުގަނެވޭ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމަށް ފުރައްސާރަ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އަލީ ޒާހިރު ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ސްޓްރެޓަޖީ އަކީ މިއީ ކަމަށްވާ ނަމަ، އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އަދި މިފަދަ ގޮތެއް ނެތް […]

ފުލުހުންނަށް ނުބައި ނަމެއް ދިނުމުން ހަ މަހަށް ގޭ ބަންދަށް
Raajje

ފުލުހުންނަށް ނުބައި ނަމެއް ދިނުމުން ހަ މަހަށް ގޭ ބަންދަށް

ނަން އޮޅުވާލައިގެން ފުލުހުންނަށް މައުލޫމާތު ދިން މީހަކު ހަ މަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މ. މެކާނޯގޭ މުހައްމަދު ޝާހީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ މައްސަލައެއްގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާގެ ނަން އޮޅުން ފިލުވަން ސުވާލު ކުރުމުން އޭނާ ދިނީ ނުބައި ނަމެކެވެ.. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހްސު އޮޅުވާލި […]

މާސޭ އަތުން ޕީއެސްޖީ މޮޅުވިއިރު އެމްބާޕޭއަށް އަނިޔާވެއްޖެ
Sports

މާސޭ އަތުން ޕީއެސްޖީ މޮޅުވިއިރު އެމްބާޕޭއަށް އަނިޔާވެއްޖެ

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި އޮލިމްޕިކް ޑި މާސޭ ބައްދަލުކުރި މެޗުން ފަސޭހަކަމާއިއެކު ޕީއެސްޖީ މޮޅުވިއިރު، އެ ޓީމްގެ ކެޕްޓަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ޕީއެސްޖީ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ޕީއެސްޖީއަށް 6 މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ނީސް އަށް 6 މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. މިވަގުތު […]

ރާއްޖޭގެ ހުރިހައި ހިސާބެއްގައި ޑޮލަރު ނެގޭ އޭޓީއެމް ހުރުން މުހިންމު: މުޢިއްޒު
Raajje

ރާއްޖޭގެ ހުރިހައި ހިސާބެއްގައި ޑޮލަރު ނެގޭ އޭޓީއެމް ހުރުން މުހިންމު: މުޢިއްޒު

ޔޫއެސް ޑޮަލަރު ނެގޭ އޭޓީއެމް މާލެ ފިޔަވައި އިތުރު ރަށްތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށި ސިޓީގައިި ވާހަކަ ދައްކަވަމުން، ޑޮލަރު ނެގޭ އޭޓީއެމް އެއް ކޮންމެ ސިޓީއެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. މީގެ އިތުރުން މިއީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމުންނަށް ވެސް މުހިންމު ކަމެއް ކަ...

އުތުރުތިލަފަޅާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި
Raajje

އުތުރުތިލަފަޅާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި

އުތުރުތިލަފަޅު މަޝްރޫއު އާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ. އެ އިދާރާ އިން މިފަދައިން އިލްތިމާސް ކުރެއްވީ އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްގީ ކުރަމުންދާ 300 މީޓަރުގެ މަގަތު ފާލަމާއި 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަރ ފެސިލިޓީއާ ބެހޭގޮތުން އެކި މަންސަތަކުގައި ތަފާތު ވާހަކަތައް ދައްކަމުންދާތީއެވެ. އެމްއެންޑިއެފް އިން ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެން...

އެތުލެޓިކޯ އަތުން ބަލިވެ ރެއާލް މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް
Sports

އެތުލެޓިކޯ އަތުން ބަލިވެ ރެއާލް މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ރެއާލުގެ މައްޗަށް އެތުލެޓިކޯއިން ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިއީ ސީޒަންގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް ބަލިވުމުން އެ ޓީމް ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. މިވަގުތު އެއްވަނާގައި އޮތީ ހަ މެޗުން […]