ދީނީ ޣީރަތްތެރިކަން ނެތި ދިޔުމަކީ، ދީން ނެތި ހިނގައިދާނެ ކަމެއް!
ދީނީ ޣީރަތްތެރިކަން ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގައި އޮތް ދީން ޙިމާޔަތް ކުރުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. ދީނީ ޣީރަތްތެރިކަން ނެތިއްޖެ މުޖުތަމަޢެއްގައި ދީނެއް ނޯންނާނެއެވެ. ފަހަރެއްގައި ނަމެއްގައި ދީން އޮވެ ދާނެއެވެ. ނަމަވެސް އިޢުތިޤާދީ ގޮތުންނާއި ޢަމަލީ ގޮތުން ދީން އޮންނާނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދީނުގެ ޢަދުއްވުން އިސްލާމީ ޢާއިލީ ނިޒާމާއި، މުސްލިމް ޅަދަރީންގެ ސިކުނޑިތަކަށް ދީނާ ދުރު ފަލްސަފާތަކާއި ފިކުރުތައް ވައްދަން މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއީއެވެ. ދީނީ މުޤައ...