Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

Selected Essays & Island Profiles

އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން: މޭޔަރު
Thiladhunmathi News

އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން: މޭޔަރު

އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެ ސިޓީގައި ބޭއްވި އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ 1124 އެތްލީޓުންނާއެކު ރާއްޖޭގެ އަތޮޅުތެރޭގައި ބޭއްވުނު އެންމެބޮޑު މުބާރާތް ކުޅުދުއްފުށީގައި ބޭއްވުނުކަމީ އެ ސިޓީގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ. މޭޔަރު ވިދާޅުވީ އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރ...

ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ ދޮގުކޮށްފި
Raajje

ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ  އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމ...

މަކުނޫދޫގައި ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް، ނިޔާވީ ދެ ބިދޭސީން
Thiladhunmathi News

މަކުނޫދޫގައި ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް، ނިޔާވީ ދެ ބިދޭސީން

ހދ. މަކުނުދޫގައި މިއަދު ހަވީރު ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް ކަމަށާއި، މިހާދިސާގައި ނިޔާވެފައި ވަނީ ދެ ބިދޭސީން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު އެ ރަށު ބަނދަރު ސަރައްދުގައެވެ. މައުލޫމާތު ލިބޭގޮތުގައި ނިޔާވީ މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު ބަޔެކެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ގޭސް ސިލިންޑަރ ގޮވުމާއެކު އެ ދެ މީހުން ވަނީ ވިއްސައިގެން ގޮސްފައެވެ. އެތަނުން އެކަކު އޮތީ […]

މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ
Thiladhunmathi News

މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ

ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވިގޮތުގައި މަކުނުދޫގައި ނަރުދަމާ މަސައްކަތްކުރާ ސައިޓެއްގައި އެއްޗެއް ގޮވާފައިވާ ކަމަށް އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެމީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މަކުނުދޫން ”ތިލަދުން” އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ނިޔާވި އެކަކު އޮތީ ވިއްސައިގެން ގޮސް އެ އެތި ގޮވި ސަރަހައްދާ 100 ވަރަކަށް ފޫޓޫ ދުރުގައެ...

އެންމެމޮޅު އަންހެން އެތުލީޓަކަށް އަހުނާ، އަންހެން ޗެމްޕިއަން ޓީމަކަށް ޖަލާލުއްދީން
Thiladhunmathi News

އެންމެމޮޅު އަންހެން އެތުލީޓަކަށް އަހުނާ، އަންހެން ޗެމްޕިއަން ޓީމަކަށް ޖަލާލުއްދީން

ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އެންމެމޮޅު އަންހެން އެތްލީޓަކަށް އިބްރާހިމް ނާހިލް ނިޒާރާއި އަހުނާ ނިޒާރު ހޮވިއްޖެއެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގެ އެންމެމޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޖަލާލުއްދީން ސްކޫލުގެ އަހުނާއަކީ ގައުމީ ޓީމުގައި ވެސް ހިމެނޭ އެތްލީޓެކެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ނާހިލް އަކީ ޓްރެކް […]

ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާމެދު ކަންބޮޑުވުންތަކެއް!
Report

ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާމެދު ކަންބޮޑުވުންތަކެއް!

ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާއިމެދު ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ބައެއް ސްކޫލުތަކުގެ ސަޕޯޓު ސްޓާފުން ފަށައިފިއެވެ. ‘ތިލަދުން’ އަށް ވާހަކަ ދެއްވި މީހަކު ބުނީ ސްކޫލުތަކުގެ މަސައްކަތު މީހުން ނުވަތަ ސަޕޯޓު ސްޓާފުންނަކީ ކޮންމެދުވަހަކު ވެސް ވަރަށްބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި އެކަމަކު މުސާރައިގެ ގޮތުގައި ލިބެނީ ނިސްބަތުން ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން އޭނާ ބުނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 4 ނުވަތަ 5 ޖަހާއިރު، ސްކޫލަ...

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ނިންމުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ހަފްލާގައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް، ކޯހުގައި ކިޔަވައިދެއްވި “ފަނާރު ކޭކް” ގެ ފަރާތުން ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ. ކޯސް ނިންމުމުގެ ހަފްލާގައި...