ހިލޭ ޑިގްރީ ޕްރޮގްރާމަށް 136 މިލިއަން، ލޯނުތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ
އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ. މި ތަފްސީލުތައް ހާމަކުރެއްވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މަޖިލީހުގައި ބަޖެޓް ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު