''އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާތީ'' ފުލުހުންގެ ޗިޓާ ހަވާލުވާން ޔާމީން އުޒުރުވެރިވެވަޑައިގެންފި
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ދިން ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ...