ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން: މައުމޫން
އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ”އެކްސް”ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މައުމޫން ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށްވިދާޅުވެ، ޢާންމުގެ ތާއީދު ހޯދުމުގެ ނިޔަތުގައި އެވާހަކަ ދެއްކުމަކީ ތަޢުލީމީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް މައުމޫން ވިދާޅުވެފަވެއެވެ. ”އެއްވެސް ސަބަބަކާހުރެ ރާއްޖޭގައ...