އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށައިފި
އެމެރިކާ އާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން އެންމެ ފުރަތަމަ ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ. މި ހަމަލާތަކުގެ އިތުރުން ރޭގެ ދަންވަރުގެ ވަގުތެއްގައި ވެސް ދެ ގައުމު ގުޅިގެން ވަނީ ޔަމަނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މިކަން އެމެރިކާ އިން ވެސް ކަށަވަރުކޮށްދެއެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ ޔަމަންގައި ރާޑަރު ސައިޓްތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާނެ...