ކުޅުދުއްފުށީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި އަތުގުޅައިލުމަށް ސިޓީ ކައުންސިލްގެ އިލްތިމާސެއް
ހދ.ކުޅުދުއްފުށި ސިޓީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި، ވެށްޓަށް ގެއްލުންވާނެ އެއްވެސް އަމަލެއް ނުކުރެއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮއްފިއެވެ. ހަމައެއާއެކު، ކުޅުދުއްފުށީގެ ހޭޅިފަށާއި، ކުޅި އަދި ޗަސްބިންތަކުގެ ރުއްގަހާއި، އެ ރަށުގެ ފެހިކަމާއި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެ ސަރަހައްދުތައް ޙިމާޔަތް ކުރުމުގެ މުޙިއްމުކަން، އާއްމުންގެ ސަމާލުކަމަށް ގެންނަމުން، އެ ކައުންސިލުން ފާހަގަ ކޮއްފައިވާ ގޮތ...