ހާލަންޑްގެ ލަނޑުން މޮޅުވެ ސިޓީ ދެވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ސިޓީއަށް ވަނީ 25 މެޗުން 56 ޕޮއިންޓް ލިބިފައެވެ. އެއްވަނާގައި ލިވަޕޫލް އޮތީ 25 މެޗުން ހޯދި 57 ޕޮއިންޓާއި އެކުގައެވެ. މި ދެ ޓީމްގެ ދެމެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. […]