ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ: ޚާރިޖީ ވުޒާރާ
ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޚާރިޖީ...