އުރީދޫގެ އެމްބެސެޑަރަކަށް ވިދިވިދިގެން 5 ވަނަ އަހަރަށް މާޒިޔާ
އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސްވަނަ އަހަރަށް އިއްޔެ އާކޮށްފިއެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކްލަބަކީ މާޒިޔާއެވެ. އެޓީމުން މިދިޔަ ފަސް ވަރަކަށް އަހަރުގައިވެސް ރާއްޖޭގެ ލެވެލްގެ އިތުރުން، ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ކުރިއެރުންތައް ވަނީ ހޯދައިފައެވެ. މާޒިޔާއާ އެކު އުރީދޫން ވެފައިވާ އާ އެއްބަސްވުމާއެކު، ދެފަރާތް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ޒުވާނުންގެ ބައިވެރިވ...