ސްޓެލްކޯއިން 5 އަހަރުން 5 ލައްކަ ގަސް އިންދަނީ
ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފިއެވެ. ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަސް އިންދުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި، ފަސް މ...