ކުށުގެ ރިކޯޑު ދުވަހުން ދުވަހަށް ލިބޭ ގޮތް ޕީޖީން ހަދައިފި
ކުށުގެ ރެކޯޑު ސާފުކޮށްދިނުން އިތުރަށް އަވަސްކޮށް، ހަލުއިކޮށް، ދުވަހުން ދުވަހަށް ލިބޭނޭގޮތް ހަމަޖައްސާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހެޅި ދުވަސް ދޫކޮށްފައި، ޖެހިގެން އަންނަ ދުވަހެވެ. ޕީޖީން ބުނީ އެ އޮފީހުގެ އަމާޒަކީ އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާ...