ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން ސްޓްރެޓެޖީއެއް އެކުލަވައިލަނީ
ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިހެން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ވަނީ ކަރުދާހާ ހުށަހަޅުއްވާފައެވެ. މި ކަރިދާހަށް ވަޒީރުންވެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ. ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދ...