Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
Cover Story · Feature Essay

ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ލ. ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ދަނބިދޫ އިރުމަތީ ފަރާތު (ކޯޒުވޭ ސަރަހައްދު) މޫދުގައި މީހަކު އޮއްވާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް މިއަދު ހަވީރު 16:55 ކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާކަމަށް އެތަނުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ ރަށު ނިޔަދުރުމާގެ އައިމިނަތު އުމަރެވެ. އޭނާގެ އުމުރަކީ 65 އަހަރެވެ. ފުލުހުން ބުނީ އެ...

Selected Essays & Island Profiles

ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
Raajje

ގާނޫނާ ހިލާފަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގެންފި
Raajje

ގާނޫނާ ހިލާފަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގެންފި

ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމުން ބުނީ ކަސްޓަމްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ބުދަ ދުވަހު މާލެ އާއި ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށް ބުނެފައިވެއެވެ. މި ހާއްސަ އޮޕަރޭޝަންގައި ޖުމްލަ 173 ކާޓަން ނުވަތަ 1....

ސިޙްރުޖެހުމަށްފަހު އެކަމަށްކުރާ ފަރުވާ!
Column

ސިޙްރުޖެހުމަށްފަހު އެކަމަށްކުރާ ފަރުވާ!

ހަމަކަށަވަރުން ސިޙްރުޖެހިފައިވާމީހާ ސިޙްރުން ސަލާމަތްވުމަށްޓަކައި ކުރާނޭ ހުއްދަ ފަރުވާއެއް ﷲ ޝަރުޢުކުރައްވާފައިވެއެވެ. އަދި އޭގެތެރޭގައި: 1- ސިޙްރެއް އޮތްތަނަކުން އެއެއްޗެއް ނެރުންވެއެވެ. އެގޮތުން އެއީ ކައިފައިވާއެއްޗެއްނަމަ ނުވަތަ ބޮއިފައިވާ އެއްޗެއްނަމަ އެއެއްޗެއް ހުރިތަނަކުން ހުސްކުރުން ނުވަތަ އެއީ ލިޔެފައިވާއެއްޗެއް ނުވަތަ ޖަހާފައިވާ ގޮށެއްނަމަ އެއްޗެއް ހުރިތަނެއް ދެނެގަތުންވެއެވެ. އިބުނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. (( އެކަމާގުޅިގެން (އެބަހީ ސިޙްރުގެ ފަރުވާއާބެހޭގޮތުން) ނަބިއްޔާ‘ ގެ އަރިހ...

ގެވެށި އަނިޔާގެ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި
Raajje

ގެވެށި އަނިޔާގެ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ފުވައްމުލަކު ސިޓީގައި ހިނގާދިޔަ ގެވެށި އަނިޔާކުރުމުގެ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ގެވެށި އަނިޔާކަމަށް މާނަކޮށްފައި ވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގ...

ޖަމީލު ހަރަކާތެއް ނެތި ސަޖިދައިގައި ހަތަރު ގަޑިއިރު
Raajje

ޖަމީލު ހަރަކާތެއް ނެތި ސަޖިދައިގައި ހަތަރު ގަޑިއިރު

މާފުށީ ޖަލުގައި އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، މުހައްމަދު ޖަމީލު ހަރަކާތެއް ނެތި ސަޖިދައިގައި ހަތަރު ގަޑިއިރެއްހާއިރު އޮތް ކަމަށާއި އޭނާގެ ހަށިގަނޑުން ފެނުނު އަނިޔާތަކަކީ މީހެއްގެ ފުށުން ލިބުނު އަނިޔާތަކެއް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ޖަމީލުގެ މަރާއިގުޅިގެން މިއަދު ފުލުހުންނާއި ދާޚިލީ ވުޒާރާއާއި ކަރެކްޝަނަލް ސާވިސްއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ހުރި ގޮޅީގައި ހަރުކޮށްފައިވާ ކެމެރާގައި ފޫޓޭޖް...

އުރީދޫ ފަން ރަންއަށް ލާމަށްދާ މީހުންނަށް ހާއްސަ އޮފާއެއް
Business

އުރީދޫ ފަން ރަންއަށް ލާމަށްދާ މީހުންނަށް ހާއްސަ އޮފާއެއް

ރާއްޖޭގެ ގައުމީ އެއާލައިން އަދި މިއަހަރުގެ އުރީދޫ ފަން ރަންގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަން އިން ރަންގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ އޮފާއެއް ފަށައިފިއެވެ. މި އޮފާގެ ދަށުން ލާމު އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ އިން ކައްދޫއަށް ދެކޮޅު ޓިކެޓު އެންމެ 2488 ރުފިޔާއަށްލިބިގެންދާނެވެ. އަންނަ މަހުގެ 5 ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށް […]

ފަސޭހަކަމާއިއެކު ޕެރަގުއޭ ބަލިކޮށް ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފި
Sports

ފަސޭހަކަމާއިއެކު ޕެރަގުއޭ ބަލިކޮށް ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއަދު ހެނދުނު ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލްއާއި ކޮސްޓަރިކާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމާއިއެކު، މުބާރާތުގައި އަމިއްލަ ބާރާއިއެކު ކުރިއަށް ދާން ބޭނުންނަމަ ބްރެޒިލްއަށް މިއަދު މެޗުން މޮޅުވުން މަޖުބޫރެވެ. ރޭ މެޗުގައި ބްރެޒިލްގެ ފަރާތުން ވަނީ މޮޅު [...

އާއިލާ އިން ގަބޫލުނުވުމުން ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
Raajje

އާއިލާ އިން ގަބޫލުނުވުމުން ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި މިއަދު ހެނދުނު ވަޅުލައިފިއެވެ. ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އޭނާއަކީ ޖަލުގައި ހުރި އިރު، ނަފްސާނީ ބައްޔަށް ފަރުވާ ވެސް ހޯދަމުން އައި މީހެކެވެ. އާއިލާ އިން ބުނާ ގޮތުގައި ޖަމީލް މަރުވީ ކަރެކްޝަނަލް ސާވިސްގެ އޮ...

ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދަން
Raajje

ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދަން

ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރު ކުރީ އިއްޔެ އެވެ. މި މީހުންނާމެދު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 11 މުވައްޒަފަކު ވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަނެއް ދެ މުވައްޒަކު ވަނީ 5 ދުވަހަށް ބަންދުކޮށްފައެވެ.