ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ކުރިއަށްދާނެ: ނަތަންޔާހޫ
ހަނގުރާމައިގެ ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި، ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ހަފްތާގެ ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުން ކުރާ ހަނގުރާމައިގެ މަގްސަދު ތަކުގެ ތެރޭގައި ގާޒާގައި ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމާއި، ގާޒާގެ ތެރެއިން އިޒްރޭލުގެ ސަލާމަތަށް ހުރި ހުރިހާ ނުރައްކަލެއް...