"ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން" ވޯކްޝޮޕްގައި ބައިވެރިވެގެން އުމްރާ ދަތުރެއް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ “ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން” ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ އުމްރާގެ އަޅުކަމާއި ހައްޖުގެ އަޅުމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން، ދަތުރުވެރިޔާ ގްރޫޕާއި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ ރަށުގައި ހިންގާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު 15 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި މަހު 5 ވަނަ ދުވ...