ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން އުސޫލެއް ހަމަޖައްސާފައިވާއިރު، ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފިއެވެ. މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ރ...