ގޫގުލް އިން ތިބާގެ ކަންފަތަށް ވެސް އޭއައި ފޯރުކޮށްދެނީ
ގޫގުލްއިން ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ އެކުންފުނީގެ އެންމެފަހުގެ އިއަރބަޑްސް އާއެކު ތިބާގެ ކަންފަތަށްވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޯރުކޮށްދޭނެކަމަށް ރިޕޯޓެއްގައި ބުނެފިއެވެ. 9ޓު5 ގޫގުލްގެ އޭޕީކޭ އިންސައިޓްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން ގޫގުލްއިން އަންނަނިވި ދުވަސްތަކުގައި ޕިކްސެލް ބަޑްސް ޕްރޯ 2 ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި އައު އިއަރބަޑްސްގައި އޭއައި ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. 9ޓު5ގޫގުލްގެ އޭޕީކޭ އިންސައިޓް އިން ހޯދާފައިވާ މަޢުލޫމާތުތ...