ދަނޑިފުޅު ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ މާހައުލުގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފާނަމަ އެ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ. ދަނޑިފުޅު ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ. ކޮނެޑޭ ކައުންސިލުން ބުނީ އެ ރަށުގެ ވެށީގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފައި، އޭގެ ވެއްޓަށް ގެއްލުންދޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ބުނީ ހިމާޔަތް ކޮށްފައިވާ ދޫންޏެއް [...