ލުބްނާންގެ ދެކުނަށް އިސްރާއީލުން ހަމަލާދީފި
ލުބްނާންގެ ދެކުނުގައި ހުރި ހިޒްބުﷲ ގެ މަރުކަޒުތަކަކަށް އިޒްރޭލުން ހަމަލާދީފިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ލުބުނާނުގެ އިރުމަތީ ބެކާ ވެލީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަނަކަށް ވަނީ ބޮން އަޅައިފައެވެ. އަދި އިޒްރޭލެގެ އިތުރު ހަމަލާތަކެއް ދެކުނު ލުބްނާންގެ ހަތަރު އަވަށަކަށް ވެސް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިވަގުތު ސާފުނުވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ނަމަވެސް، ހޮނިހިރު ދުވަހު އިޒްރޭލު ސ...