ނައިޖީރިއާގައި ބޯކޯ ހަރާމްގެ ހަމަލާއެއްގައި 81 މީހުން މަރުވެއްޖެ
ނައިޖީރިއާގެ އުތުރު-އިރުމަތީގައި ހުންނަ ޔޯބެ ސްޓޭޓްގެ މަފާ ރަށަށް ބޯކޯ ހަރާމް ޖަމާޢަތުން ދިން ހަމަލާއެއްގައި މަދުވެގެން 81 މީހުން މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޔޯބެ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ޑުންގުސް އަބްދުލްކަރީމް ވިދާޅުވި ގޮތުގައި، 150 އަށްވުރެ ގިނަ ބޯކޯ ހަރާމްގެ މެންބަރުން 50 އަށްވުރެ ގިނަ އަދަދެއްގެ މޮޓޯސައިކަލުގައި އައިސް، ބަޑިތަކާއި އާރުޕީޖީތައް ބޭނުންކޮށްގެން ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ފިހާ...