ބަންކަރިން ފެށުން ބުރާސްފަތީގައި، އެ ދުވަހުވެސް ކަސްޓަމަރުން ލިބޭނެ: ވަޖީހް
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފަށަން މިހާރު ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި، އެދުވަހުވެސް ކަސްޓަމަރުން ލިބޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހް މިރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ، ބަންކަރިން ޚިދުމަތް ފަށަން ހުރިހާ ތައްޔާރީތަކެއްވެ މިހާރު އޮތީ އެ ޚިދުމަތް ފަށަން ވެފައި ކަމަ...