ޕީޖީ އަކަށް އައްބާސް ޢައްޔަނުކުރަން ފާސްކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އެ މަޤާމަށް ޢައްޔަނުކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، އައްބާސް ޢައްޔަނުކުރުމުގެ މަރުހަލާ […]