މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި މީހަކު ހޯދަނީ
މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތުހުމަތުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައަކީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ ޢަބްދުﷲ ރިޝީފް، ޝާޒް/ ހދ. ނޭކުރެންދޫ އެވެ. ފުލުހުން ބުނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ރިޝީފް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން...