ނިއުކާސަލުން ސިޓީ ހިފަހައްޓައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗު އެއްވަރުވުމާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ސިޓީއަށް ގެއްލުމުގެ ބިރާއި ވަނީ ކުރިމަތިވެފައެވެ. ކުޅުނު 6 މެޗުން 14 ޕޮއިންޓް ހޯދައިގެން ސިޓީ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ލިވަޕޫލަށާއި ތިންވަނާގައި އޮތް އެސްޓަން ވިލާއަށް ވަނީ 5 މެޗުން 12 […]